logoEN
WAMCO TOP 1
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ފަށައިފި

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ފަށައިފި

# އޮޑިޓް އިދާރާ# އއ. އުކުޅަސް

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ފަށާފައި ވަނީ އުކުޅަހުގައި ----

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއެއް އއ. އުކުޅަހުގައި ފަށައިފިއެވެ.

THE TRAVELLER AD

އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާ ގުޅިގެން އިންތިޒާމުކުރާ މި ބައްދަލުވުން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއެވެ. މި މަހުގެ 3 އިން 5 އަށް ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ 26 ޤައުމަކުން 46 މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އޮޑިޓްކުރުމުގައި ގެންގުޅޭ އުސޫލުތައް ޙިއްޞާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރެވޭ މިންވަރު ބެލުމުގައި އޮޑިޓް އިދާރާތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، ޖަވާބުދާރީވުން ހަރުދަނާކޮށް، ތަރައްޤީގެ ލަނޑުދަނޑިތަކަށް ބާރުއެޅުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިން މަޝްވަރާކުރާނެއެވެ. މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ތަފާތު ދާއިރާތަކުން ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދުވަހު އޮޑިޓް އޮފީސްތަކުގެ ދައުރާއި، ބަޖެޓުކުރުމާއި މާލީ ކަންކަމާ ގުޅޭ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ދުވަހު މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުގެ ދައުރާއި، މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި މަހާސިންތާ ނިމުމުން، މި މަހުގެ 6 އިން 7 އަށް "އައިޑީއައި ގްލޯބަލް ސަމިޓް" އުކުޅަހުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ އިންޓޯސައި އާއި އޮޑިޓަރ ޖެނެރަލް އޮފީސް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ސަމިޓެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކޭގޮތުގައި މިފަދަ ބޮޑެތި ބައްދަލުވުންތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބޭއްވުމަކީ ރަށްފުށުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް
ފަހުގެ
HDC