logoEN
WAMCO TOP 1
އީޔޫއާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކުރައްވައިފި

އީޔޫއާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކުރައްވައިފި

# އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު

ދިވެހިރާއްޖެއިން ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު

ދިވެހިރާއްޖެއިން ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު މިއަދު އައްޔަންކުރައްވައިފިއެވެ.

THE TRAVELLER AD

މި މަގާމުގެ ފަތްކޮޅު ދިޔާނާއާ ހަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާއެވެ.

މި މަގާމަށް ދިޔާނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އޮތް ޖަލްސާގައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޓެޒްމޭނިއާ ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ޖަޕާނުގެ އޮސާކާ ޔުނިވަރސިޓީން ގާނޫނާއި ސިޔާސީ އިލްމުން މާސްޓާސް ހެއްދެވިއިރު، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.

ދިޔާނާ ސަޢީދަކީ މީގެ ކުރިންވެސް ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ސާކުގެ ސެކްރެޓަރީ ޖެނެރަލްކަމާއި، އެޓަރނީ ޖެނެރަލްކަމުގެ އިތުރުން ޖެންޑަރ މިނިސްޓަރުކަން ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް އެކަމަނާ ވަނީ ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC