logoEN
WAMCO TOP 1
ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް – މާލެ އެޑިޝަން 02 ފަށައިފި

ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް – މާލެ އެޑިޝަން 02 ފަށައިފި

# ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް

ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް – މާލެ އެޑިޝަން 2، މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ފެށުން

ބީއެމްއެލް ވަން ގޭމް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް – މާލެ އެޑިޝަން 2، މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތެވެ.

މި މުބާރާތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއާއި، ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާގެ އިތުރުން ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސްޕޮންސަރުން އަދި ދައުވަތު އެރުވުނު މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ މުބާރާތުގައި ރެކޯޑް އަދަދަކަށް، އެކި މުއައްސަސާތަކުން 27 ޓީމު ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޜަންގެ 16 ޓީމާއި ފިރިހެން ޑިވިޜަންގެ 11 ޓީމެވެ.

އޮގަސްޓް 2 އިން 14 އަށް ކުރިއަށްދާ މި މުބާރާތް ބާއްވަނީ ދެ ޑިވިޜަންގައިވެސް ވާދަވެރި ފޯމެޓަކަށެވެ. ފިރިހެން ޑިވިޜަންގެ 11 ޓީމު ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމާއި، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމު ކުއާޓަރ ފައިނަލަށް ހޮވޭނެއެވެ. އަންހެން ޑިވިޜަންގެ 16 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރާނެއެވެ.

މި މުބާރާތަކީ ހޭންޑްބޯޅަ މޯލްޑިވްސް އާއި ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ގުޅިގެން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެންޑޯޒްމަންޓާއެކު އިންތިޒާމުކުރާ މުބާރާތެކެވެ.

މި މުބާރާތުގެ ޕްލެޓިނަމް އަދި ޓައިޓަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އަދި ސިލްވަރ ސްޕޮންސަރަކީ ސްޓެލްކޯއެވެ.

މީގެ އިތުރުން، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސްއެވެ. ކިޓް ޕާޓްނަރަކީ ސްޕޯޓްސް އެމްޕޯރިއަމްއެވެ. ޕަބްލިސިޓީ ޕާޓްނަރަކީ އޮން ދަ ފްލައި ފްރޭމްސްއެވެ. މެޑިކަލް ޕާޓްނަރަކީ މޯލްޑިވްސް ރެޑް ކްރެސެންޓެވެ. ލައިޓިންގ ޕާޓްނަރަކީ ސައުންޑް ސްކޮޑެވެ. އަދި އިނޮވޭޝަން ޕާޓްނަރަކީ ފައުސްޓޫޑިއޯއެވެ.

ގިނަ އަދަދެއްގެ ޓީމުތަކާއި ސްޕޮންސަރުންގެ ބޮޑު އެއްބާރުލުމަކާއެކު ކުރިއަށްދާ މި މުބާރާތުގައި، އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ހޯދުމަށް މުއައްސަސާތަކުގެ މެދުގައި ފޯރިގަދަ ކުޅުމެއް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ފެނިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC