logoEN
WAMCO TOP 1
ހުވަދޫ ކަނޑަށް ގެއްލުނު ގއ. ދިޔަދޫ މީހަކު ދުނިޔޭގައި ހުރިތޯ ބަލަނީ

ހުވަދޫ ކަނޑަށް ގެއްލުނު ގއ. ދިޔަދޫ މީހަކު ދުނިޔޭގައި ހުރިތޯ ބަލަނީ

# ގއ. ގެމަނަފުށި# ގއ. ދިޔަދޫ

ގއ. ގެމަނަފުށި

ހުވަދޫ ކަނޑަށް ގެއްލިފައިވާ ގއ. ދިޔަދޫ މީހަކު ދުނިޔޭގައި ހުރިތޯ ބެލުމަށް ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިއުލާނުކޮށްފިއެވެ.

THE TRAVELLER AD

މި އިއުލާނަކީ މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ދިޔަދޫ، ތަނޑިރަންމާގެ، ހަސަން މުހައްމަދު މަރުވެފައިވާކަން ގާނޫނީގޮތުން ކަށަވަރު ކުރުމަށް ކުރި އިއުލާނެކެވެ.

އޭނާ ގެއްލުނީ މީގެ 45 ވަރަކަށް އަހަރު ކުރިން ހުވަދޫ ކަނޑަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.

ހަސަން މުހައްމަދު ގެއްލުނީ 1983 ނުވަތަ 1984 ވަނަ އަހަރު ދިޔަދޫގައި ބަނދެފައިވާ އުޅަނދަކަށް އިންޖީނު އެޅުމަށްޓަކައި މާލެއަށް ކުރި ދަތުރެއްގެ ތެރޭގައި ކަނޑުވެގެންނެވެ.

އެ އުޅަނދު މާލެ ގެންދިޔައީ އިންޖީނުލީ އެހެން އުޅަނދެއްގައި ކަފު ޖަހައިގެންނެވެ. މޫސުން ގޯސް އެ ރޭ ހިނގި ހާދިސާއެއްގައި ހަސަންގެ އިތުރުން އެ ރަށުގެ ވިއްސަކަށް މީހުން ގެއްލުނެވެ.

ހާދިސާއަށް ބައި ގަރުނު ވާން ފަސް ވަރަކަށް އަހަރަށް ވެފައި ވަނިކޮށް މި މައްސަލަ ކޯޓަށް ހުށަހެޅީ، ހަސަން މުހައްމަދު އެމްޓީސީސީން ގަނެފައިވާ ހިއްސާތަކެއް އޭނާގެ ވާރިސުންގެ ނަމަށް ބަދަލުކުރުމަށެވެ.

އެ ހިއްސާތައް ދަރިންގެ ނަމަށް ބަދަލުކުރެވެން އޮތީ އޭނާ މަރުވެފައިވާކަން ކޯޓުން ސާބިތުކޮށްދިނުމުން ކަމަށްވާތީ، އެކަމަށްޓަކައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރަނީއެވެ.

ކުރިން މީހުން ދިރިއުޅުނު ދިޔަދޫގެ އާބާދީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު ރައީސް މައުމޫންގެ ވެރިކަމުގައި ވަނީ އެހެން ރަށްރަށަށް ބަދަލުކޮށްފައެވެ. އެ ރަށުގެ ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ގެމަނަފުއްޓާއި، ކޮނޑޭގެ އިތުރުން ލ. ގަމުގައެވެ.

ކޮމެންޓް
ފަހުގެ
HDC