logoEN
WAMCO TOP 1
މިއަހަރަށް ލަފާކުރި އާމްދަނީގެ ބޮޑުބައި ލިބިއްޖެ

މިއަހަރަށް ލަފާކުރި އާމްދަނީގެ ބޮޑުބައި ލިބިއްޖެ

# މާލީ ވުޒާރާ

މާލީ ވުޒާރާ --- މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ ގާތްގަނޑަކަށް 60 އިންސައްތަ ލިބިފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވޭ

ޗޖެއެވެ.

THE TRAVELLER AD

މިގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 24.1 ބިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވަނީ ވަދެފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އިން ނެރުނު ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ ހިމެނޭހެން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއަށް އައި ހެޔޮ ބަދަލެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޓެކްސް އާމްދަނީ 16.4 ބިލިޔަނުން 18.4 ބިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީގެ ގޮތުގައި 10 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީގެ ގޮތުގައި 6.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިއަހަރު ލިބޭނެ ކަމަށް ލަފާކުރި 40.4 ބިލިޔަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ މިހާރު ވަނީ ދައުލަތަށް ލިބިފައެވެ.

ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 25.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 19.7 އިންސައްތަ އިތުރު އަދަދެކެވެ. މި އިތުރުވުން އައިސްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި، ސިއްހީ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމަށް ކުރާ ހޭދަ އިތުރުވުމުގެ ސަބަބުންނެވެ.

ޚާއްޞަކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނައި މުސާރައިގެ ބަދަލުތަކާއެކު، މުސާރަ އާއި ޕެންޝަނަށް ކުރި ޚަރަދު ވަނީ 8.5 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.

ކޮމެންޓް
ފަހުގެ
HDC