.jpg&w=3840&q=75)
އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހިގުޅުމެއް އޮތުން މުހިންމު: ރައީސް
# ރައީސް މުއިއްޒު# މިނިވަން ދުވަސްފޮޓޯ: ރައީސް އޮފީސް
އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހިގުޅުމެއް އޮތުން މުހިންމުކަމުގައި ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާކޮށްދެއްވިއެވެ.
މީގެ އިތުރުން މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށް، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން" ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތައް ވަނީ ތާވަލުކޮށްފައެވެ. މިހަރަކާތްތައް ފަށާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ދެދުވަހަށް ބަހާލައިގެން މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދާނެއެވެ. މިއަދު ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެއެވެ. ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 61 ބޭފުޅަކަށް އަރުވާނެއެވެ. މިރޭ ރޭގަނޑު 8:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ހޯމަ ދުވަހުވެސް އިތުރު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ގުޅުންހުރި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުހައްމަދު މޫސާ އަށް އަރުވައިފި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަރުވައިފި

ރައީސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފި
.jpg&w=3840&q=75)



