
-
ނ. މަނަދޫއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ތަކެތި ހޯދާފައިވަނީ މި ޖުލައި މަހުގެ 22 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ މާލެއާއި މަނަދޫއާ ދެމެދު ދަތުރުކުރާ ބޯޓަކުން މަނަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުންގެ އެ އޮޕަރޭޝަނުގައި، އެ ބޯޓުން މަނަދޫއަށް ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ބޮޑު ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 52.7 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

މާލެއިން މަނަދޫއަށް ބޯޓަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި

މަނަދޫ ބަނދަރު މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!




