logoEN
WAMCO TOP 1
"އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް އަވަސް ހައްލު؛ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ އައު ހަރުފަތަކަށް!

"އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް އަވަސް ހައްލު؛ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ އައު ހަރުފަތަކަށް!

އަހުމަދު ޝުރާއު

logo

7/22/2026, 3:46:29 PM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގއަށް އަޕްޑޭޓް ގެނެސް، އެ ބޭންކުގެ ޑިޖިޓަލް އެސިސްޓެންޓް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

THE TRAVELLER AD

ބީއެމްއެލުން ބުނީ މި އަޕްޑޭޓާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ސީދާ ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެއެވެ.

މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
ފަހުގެ
HDC