
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން "ޝޭޕިންގ ދަ ފިއުޗަރ: ނިއު ޕްރޮގްރާމްސް ފޯރ ނޭޝަން ބިލްޑިންގ" ގެ ޝިޢާރުގެ ދަށުން، ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އައު ހަ ޕްރޮގްރާމެއް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިފްތިތާޙުކުރެވުނު މި ޕްރޮގްރާމްތަކަކީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށާއި، ދިރާސާކުރުމުގެ ދާއިރާ ކުރިއެރުވުމުގެ އިތުރުން ޤައުމަށް ބޭނުންވާ ޤާބިލު ފަންނީ މީހުން ބިނާކުރުމަށް އެ ޔުނިވާސިޓީ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
އެމްއެންޔޫއިން މުޅިން އަލަށް ތަޢާރަފްކުރި ޕްރޮގްރާމްތަކުގެ ތެރޭގައި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ގެ ތިން ޕްރޮގްރާމަކާއި މާސްޓަރސް ފެންވަރުގެ ތިން ޕްރޮގްރާމެއް ހިމެނެއެވެ.
އެއީ ދިވެހި ތާރީޚާއި ޘަޤާފަތުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ، އިޖުތިމާޢީ ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ، އަދި ޤާނޫނީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީއެވެ.
މީގެ އިތުރުން އިންޖިނިއަރިންގ ސައިންސްގެ ދާއިރާއިން މާސްޓަރ އޮފް ރިސާޗް، ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް، އަދި ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް ވަނީ ތަޢާރަފްކޮށްފައެވެ.
މި އައު ޕްރޮގްރާމްތަކާއެކު، އެމްއެންޔޫއިން އަންނަނީ ޕޯސްޓްގްރެޖުއޭޓް ތަޢުލީމު ހަރުދަނާކޮށް، ދިރާސާއާއި އީޖާދީ މަސައްކަތްތައް ކުރިއަރުވައި، ފުންނާބު އުސް ޢިލްމީ ދަރިވަރުންތަކެއް އުފައްދައިގެން ޤައުމީ ތަރައްޤީއަށް ބޮޑު ހިއްސާއެއް ވަމުންނެވެ.
ގުޅުންހުރި

އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އައު ހަ ޕްރޮގްރާމެއް ތަޢާރަފްކޮށްފި

ކުރީގެ ބީލަން ބާތިލްކޮށް، ގަން ކެމްޕަހުގެ އެކޮމޮޑޭޝަން މަސައްކަތަށް އަލުން އިއުލާނުކޮށްފި

ތަޢުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމުން ނަފުސަށް އޮންނަ އިތުބާރު ބޮޑުވާނެ: މެޑަމް ސާޖިދާ




