logoEN
WAMCO TOP 1
އަތޮޅު ފިހާރައިގެ 8 ފިހާރައެއް 5 އަހަރު ދުވަހަށް ކުއްޔަށް ދޭން ބިޑަށް ހުޅުވާލައިފި

އަތޮޅު ފިހާރައިގެ 8 ފިހާރައެއް 5 އަހަރު ދުވަހަށް ކުއްޔަށް ދޭން ބިޑަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

7/21/2026, 3:47:52 PM

# އަތޮޅު ފިހާރަ

އަތޮޅު ފިހާރަތަށް:- ފޮޓޯ | އޭދަފުށި ވޮއިސް

އަތޮޅު ފިހާރައިގެ އަށް ފިހާރައެއް ކުއްޔަށް ދިނުމަށްޓަކައި ބިޑު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހުޅުވާލައިފިއެވެ.

THE TRAVELLER AD

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތަކުގެ ތެރޭގައި ހިމެނެނީ ކ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާ (597.54 އަކަފޫޓު)، ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި (1095.08 އަކަފޫޓު)، ކްރެސެންޓް 5 ނަންބަރު ފިހާރަ (444.38 އަކަފޫޓު)، އަދި ކ. އަތޮޅު ފިހާރައިގެ ހުޅަނގުބައި (321.62 އަކަފޫޓު) އެވެ.

މީގެ އިތުރުން ލ. އަތޮޅު ފިހާރައިގެ މަތީބައި (630.83 އަކަފޫޓު)، ގއ. އަތޮޅު ފިހާރައިގެ އިރުމަތީބައި ދެކުނު ފެންޑާގެ ބައި (620 އަކަފޫޓު)، ގއ. އަތޮޅު ފިހާރައިގެ ހުޅަނގުބައި ދެކުނު ފެންޑާގެ ބައި (620 އަކަފޫޓު) އަދި ކ. އަތޮޅު ފިހާރައިގެ އިރުމަތީބައި މަތީބައި (952.45 އަކަފޫޓު) ވެސް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިހާރަތަކަށް ބިޑް ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ އެސެޓްސް އެންޑް ޓްރެޜަރީ ސެކްޝަނަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މި ފިހާރަތަކަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕް، ޕާޓްނަރޝިޕް އަދި ކުންފުނިތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000 (ފަންސާސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭއިރު، ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 65 (ފަސްދޮޅަސް ފަސް) ރުފިޔާއެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އަތޮޅު ފިހާރަތައް މިހާރު ކުއްޔަށް ނަގައިގެން ގަވާއިދުން ހިންގަމުންދާ ފަރާތްތަކަކީ ބަރާބަރަށް ކުލި ދައްކާ އަދި ޝަރުތުހަމަވާ ބިޑެއް ހުށަހަޅާފައިވާ ފަރާތެއްނަމަ، އެފަރާތަށް ބީލަމުން އެންމެ މަތިން މާކްސް ލިބިފައިނުވި ނަމަވެސް އިސްކަންދެވޭނެއެވެ. އެއީ ބީލަމުގައި އެންމެ މަތިން މާކްސް ހުށަހަޅާފައިވާ ފަރާތުން ބިޑް ކުރި އަގުގައި ކުއްޔަށް ނެގުމަށް އެފަރާތުން އެއްބަސްވާނަމައެވެ.

ކޮމެންޓް
ފަހުގެ
HDC