logoEN
WAMCO TOP 1
އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

# ލޯކަލް ގަވަރމަންޓް އޮތޯރިޓީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އެ އޮތޯރިޓީން ޢާންމުކޮށްފިއެވެ.

THE TRAVELLER AD

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 8 ވާ ހޮނިހިރު ދުވަހުއެވެ.

އެލްޖީއޭ އިން ބުނި ގޮތުގައި، ބޯޑަށް ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށްވާތީ، އުސޫލުގެ ދަށުން އެ ކެންޑިޑޭޓް ވަނީ އިންތިޚާބުވެފައެވެ. އެހެންކަމުން އެ މަޤާމަށް ވޯޓުލާން ނުޖެހޭތީ، ކުރިން ޢާންމުކުރި ބައެއް ވޯޓުފޮށިތަކުގެ ލިސްޓުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މި ބަދަލާ ގުޅިގެން B9.1، Q1.1، S1.1 އަދި T1.1 ނަންބަރު ވޯޓުފޮށިތަކުގެ ދާއިމީ ލިސްޓުތަކުން ސިޓީ ކައުންސިލް މެންބަރުން އުނިކޮށް، އިޞްލާޙުކުރެވިފައިވާ ލިސްޓުތައް މިހާރު ވަނީ ޢާންމުކޮށްފައެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީގައި ބެހެއްޓުމަށް ކުރިން ނިންމި R1.1 ނަންބަރު ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައި، އެ ފޮށްޓަށް ވޯޓުލާން އޮތް މެންބަރުގެ ނަން މާލޭގައި ބަހައްޓާ T1.1 ނަންބަރު ފޮށްޓަށް ވަނީ ބަދަލުކޮށްފައެވެ.

އެލްޖީއޭގެ އިޢުލާނުގައިވާ ގޮތުން، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވި މެންބަރުގެ ނަން ހިމަނައި، J3.1 ނަންބަރު ވޯޓުފޮށީގެ ލިސްޓުވެސް ވަނީ އިޞްލާޙުކޮށްފައެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. މި އިންތިޚާބަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑު އެކުލަވާލުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

ކޮމެންޓް
ފަހުގެ
HDC