logoEN
WAMCO TOP 1
 އިއާދަކުރަނިވި ހަކަތައިގެ މިންވަރު 116 މެގަވޮޓަށް

އިއާދަކުރަނިވި ހަކަތައިގެ މިންވަރު 116 މެގަވޮޓަށް

# އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް

އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް

ބ. އަތޮޅާއި ރ. އަތޮޅުގެ 25 ރަށެއްގައި 6.4 މެގަވޮޓުގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް އިފްތިތާޙުކުރުމާއެކު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 116 މެގަވޮޓަށް އަރާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް ހާމަކުރައްވައިފިއެވެ.

THE TRAVELLER AD

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކުރިއަށްގެންދިޔަ ކާމިޔާބު މަސައްކަތެކެވެ.

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 13 އިންސައްތަ ތެޔޮ އެތެރެކުރުމަށް ހޭދަވާ ކަމަށެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، ރާއްޖެއަށް ލިބޭ އިރުގެ އަލި ބޭނުންކޮށްގެން މި ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ސަލާމަތްކުރެވޭ ފައިސާ ޤައުމުގެ އެހެނިހެން ތަރައްޤީގެ ކަންކަމަށް ބޭނުންކުރެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުރިން ރާއްޖޭގައި ހުރި 53 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 110 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އަލަށް ފެށި 25 ރަށުގެ ނިޒާމާއެކު މިހާރު އެ ޢަދަދު 116 މެގަވޮޓަށް އުފުލިފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށިއިރު ހުރި މިންވަރަށްވުރެ މިހާރު 100 އިންސައްތަ ކުރިއެރުމެއް ވަނީ ހޯދިފައެވެ.

ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އަމާޒަކީ ގޮންޖެހުންތަކެއް ހުރި ނަމަވެސް މުހިންމު އަމާޒެއްކަން ފާހަގަކުރައްވަމުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ރ. އަތޮޅާއި ބ. އަތޮޅުގައި ގާއިމުކުރި މި ނިޒާމުތަކުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކޮށް، 2028 އާ ހަމައަށްދާއިރު ރާއްޖޭގެ ކަރަންޓުގެ ތިންބައިކުޅަ އެއްބަޔަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމުގައި ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC