logoEN
WAMCO TOP 1
ދެ ރަންބޫޓާއެކު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފީފާ ވޯލްޑް ކަޕްގެ ތާރީޚުން ޖާގަ ހޯދައިފި

ދެ ރަންބޫޓާއެކު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފީފާ ވޯލްޑް ކަޕްގެ ތާރީޚުން ޖާގަ ހޯދައިފި

# ފީފާ ވޯލްޑް ކަޕް# ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ

ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ

ފީފާ ވޯލްޑް ކަޕްގެ ދެ މުބާރާތެއްގައި ރަން ބޫޓު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާއެކު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފީފާ ވޯލްޑް ކަޕްގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު، 10 ލަނޑު ޖަހައިގެން އެމްބާޕޭ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ޝަރަފުވެރި ރަން ބޫޓު ކާމިޔާބުކޮށްފައެވެ. މީގެ ކުރިން އޭނާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އަށް ލަނޑު ޖަހައިގެން މި އެވޯޑު ހޯދާފައެވެ. އޭގެ ތެރޭގައި ފައިނަލް މެޗުގައި އޭނާ ކާމިޔާބުކުރި ހަނދާނުން ނުފޮހެވޭނެ ހެޓްރިކް ހިމެނެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލުމުގެ ފުރުސަތު ފްރާންސަށް ގެއްލުނު ނަމަވެސް، އެމްބާޕޭ ދެއްކި އާދަޔާޚިލާފު ކުޅުމާއެކު އޭނާ އަނެއްކާވެސް ލަނޑު ލިސްޓުގެ ކުރި ހޯދައި، މި ޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ނަން ވަނީ ވަރުގަދަކޮށްފައެވެ.

މި ކާމިޔާބީއާއެކު، ފްރާންސްގެ މި ސުޕަސްޓާރު ވެފައިވަނީ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ދެ ރަން ބޫޓު ކާމިޔާބުކުރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އޭނާ ދަމަހައްޓަމުންދާ ފެންވަރާއި ބާރުވެރިކަން ހާމަކޮށްދޭ ކަމެކެވެ.

10 ލަނޑާއި ހަތަރު އެސިސްޓާއެކު، އެމްބާޕޭ ވަނީ އަށް ލަނޑާއި ހަތަރު އެސިސްޓް ހޯދި މެސީ ފަހަތަށް ޖައްސާލުމަށްފަހު މި އެވޯޑު ކާމިޔާބުކޮށްފައެވެ. މިއީ ފްރާންސްގެ މި ކުޅުންތެރިޔާ ރެކޯޑް މުގުރާލައި ދެވަނަ ފަހަރަށް މި އެވޯޑު ހޯދި ފަހަރެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުންތެރިން:

  1. ކީލިއަން އެމްބާޕޭ (ފްރާންސް): 10 ލަނޑު، 4 އެސިސްޓް
  2. ލިއޮނަލް މެސީ (އާޖެންޓީނާ): 8 ލަނޑު، 4 އެސިސްޓް
  3. ޖޫޑް ބެލިންހަމް (އިނގިރޭސިވިލާތް): 7 ލަނޑު، 1 އެސިސްޓް
  4. އާލިން ހާލަންޑް (ނޯވޭ): 7 ލަނޑު، 0 އެސިސްޓް
  5. އުސްމާން ޑެމްބެލޭ (ފްރާންސް): 6 ލަނޑު، 2 އެސިސްޓް
  6. ހެރީ ކޭން (އިނގިރޭސިވިލާތް): 6 ލަނޑު، 2 އެސިސްޓް
  7. މިކޭލް އޮޔަރޒަބަލް (ސްޕެއިން): 5 ލަނޑު، 1 އެސިސްޓް
  8. އިސްމާއިލާ ސާރ (ސެނެގާލް): 4 ލަނޑު، 1 އެސިސްޓް
  9. ޖޫލިއަން ކީނޯނޭސް (މެކްސިކޯ): 4 ލަނޑު، 1 އެސިސްޓް
  10. ވިނީޝިއަސް ޖޫނިއާ (ބްރެޒިލް): 4 ލަނޑު، 1 އެސިސްޓް
ކޮމެންޓް
ފަހުގެ
HDC