logoEN
WAMCO TOP 1
ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ ސަސްޕެންޝަން މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ ސަސްޕެންޝަން މައްސަލަ ކޯޓުން ބޭރުކޮށްލައިފި

# ހއ. ހޯރަފުށީ ކައުންސިލް

ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު

ލާމަރުކަޒީ ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ ހއ. ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މައްސަލަ ބާތިލްކުރަން އޭނާ ހުށަހެޅި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.

THE TRAVELLER AD

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަހީދާ ދެކޮޅަށް ފިޔަވަޅު އެޅީ، ކައުންސިލްގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާކަން ކަށަވަރުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނަ ފަރާތަކީ ކައުންސިލްގެ ރައީސް ކަމަށްވާތީއެވެ. އެލްޖީއޭއިން ބެލި އަށް މައްސަލައަކާ ގުޅިގެން އޭނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކުރިއިރު، އެ ކައުންސިލްގެ އެހެން މެންބަރުންނަށް ދީފައިވަނީ ނަސޭހަތެވެ.

ވަހީދު ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދީ ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، ދައުލަތުގެ ދިފާއަށް ރައްދު ދިނުމަށް ކޯޓުން ދިން ފުރުސަތުގެ ބޭނުން އޭނާ ހިފާފައެއް ނުވެއެވެ. އަދި ޝަރީއަތުގެ އަޑުއެހުމަށް ލިންކް ފޮނުވުމުންވެސް، އެއްވެސް މަގުބޫލު އުޒުރެއް ނެތި އޭނާ ހާޒިރުވެފައި ނުވާތީ ގާޒީ ފައިސަލް އާދަމް ނިންމެވީ ދައުވާ ފޯމް ބާތިލް ކުރާށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ވަހީދުގެ ސަސްޕެންޝަންގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވަހީދާއި އެ ދައުރުގެ އެހެން މެންބަރުން ވާދަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC