logoEN
WAMCO TOP 1
ދިވެހި ކުންފުނިތަކަށް ޚާއްސަ ފުރުސަތެއް: 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި

ދިވެހި ކުންފުނިތަކަށް ޚާއްސަ ފުރުސަތެއް: 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

7/19/2026, 3:48:59 PM

# މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓު

-

ރާއްޖޭގެ 13 ރަށެއްގައި ޕަބްލިކް-ޕްރައިވެޓް-ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން 2,100 އެފޯޑަބަލް ހޯމް އޯނަރޝިޕް ޔުނިޓް ޑިޒައިންކޮށް ތަރައްޤީކުރުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

THE TRAVELLER AD

މި މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރި އަރބަން ތަރައްޤީއެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ޤާބިލުކަން އިތުރުކުރުމަށް ލިބޭ ބޮޑު ފުރުސަތަކަށް ވާއިރު، މި މަޝްރޫޢަށް ކުރިމަތިލެވޭނީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ، ޝަރުޜުހަމަވާ ލޯކަލް ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި ނުވަތަ ކޮންސޯޓިއަމްތަކަށެވެ.

މަޝްރޫޢާ ގުޅޭ ތަފްސީލީ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ސާފުކުރުމެއް ބޭނުންވާނަމަ، 2026 އޮގަސްޓް 4 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިނިސްޓްރީގެ ޚާއްސަ އީމެއިލް އެޑްރެހަށް ލިޔުމުން ހުށަހަޅަންޖެހެއެވެ. އަދި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު މައުލޫމާތު ލިބޭނެ ގޮތް ހެދުމަށްޓަކައި، ހުރިހާ ސާފުކުރުންތަކުގެ ޖަވާބު ހުރިހާ ޕްރޮޕޯނެންޓުންނާ ވެސް ހިއްސާކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް ފުރިހަމަކުރުމަށްފަހު، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މިނިސްޓްރީން ވަނީ ސުން ގަޑި ހަމަވުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތަކާއި، މައުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބަލައެއް ނުގަންނާނެކަންވެސް ފާހަގަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC