
ކުޅިވަރު ވުޒާރާގެ ކޯލް ސެންޓަރުގެ ހިދުމަތް ފަށައިފި
# ކުޅިވަރު ވުޒާރާ# ކޯލް ސެންޓަރ# އަބްދުالله ރާފިއު-
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ.

ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި ޚިދުމަތް ގާއިމްކުރުމާއެކު މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެއެވެ. މިގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެއެވެ.
މިނިސްޓްރީގެ ކޯލް ސެންޓަރގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ޚިދުމަތް ހޯދޭނެއެވެ. އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަމްބަރ ބޭނުން ކުރެވޭނެއެވެ.
މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެއެވެ.






