logoEN
WAMCO TOP 1
13 ރަށެއްގައި ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

13 ރަށެއްގައި ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

# ހައުސިން ޔުނިޓް # މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ތިނަދޫ ސިޓީގައި އަޅާފައިވާ ހައުސިން ޔުނިޓުތަކެއް (ފޮޓޯ/އާރުޑީސީ)

11:32 AM

THE TRAVELLER AD

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 2100 ހައުސިންގ ޔުނިޓް ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

މި މަޝްރޫއަކީ މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ހާއްސަ މަސައްކަތެކެވެ.

މި މަޝްރޫއުގައި ބައިވެރިވެވޭނީ ސައްތަ އިން ސައްތަ ދިވެހި ކުންފުނިތަކަށެވެ. މިއީ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިމާރާތްކުރުމުގެ ދާއިރާގައި ދިވެހިންގެ ދައުރު ފުޅާކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މި މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން އިމާރާތްކޮށް ވިއްކާ އުސޫލުންނެވެ. އެގޮތުން ޑިޒައިން ކުރުމާއި، މާލީ އެހީތެރިކަން ހޯދުމާއި، އަމަލީ މަސައްކަތުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ.

ސަރުކާރުން މި މަޝްރޫއަށް ބިން ހިލޭ ދޫކުރާއިރު، ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. އިމާރާތްކުރާ ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުންނަންޖެހޭއިރު، ތިރީ ފަންގިފިލާގައި ވިޔަފާރި ކުރެވޭނެ ޖާގައާއި ޕާކިންގް ސަރަހައްދު ހިމަނަންޖެހެއެވެ. މި މަޝްރޫއު ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، މ. މުލި، ދ. މީދޫ، ލ. ގަން އަދި ސިޓީތަކުގެ ތެރެއިން ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ އެކި އަވަށުގެ ބިންތައް ހިމެނެއެވެ.

ކޮންމެ މަޝްރޫއެއްގެ މަދުވެގެން 60 އިންސައްތަ ޔުނިޓް ސޯޝަލް ހައުސިންގްގެ ގޮތުގައި 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ވިއްކަންޖެހެއެވެ. އަދި ބާކީ 40 އިންސައްތަ މާކެޓް ރޭޓުގައި ވިއްކުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެއެވެ. މި މަޝްރޫއަށް ހިތްވަރު ދިނުމުގެ ގޮތުން، ޔުނިޓްތައް ގަންނަ ފަރާތްތަކަށް ޖީ.އެސް.ޓީން އިސްތިސްނާވުމާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުމުގައި ޑިއުޓީ މައާފުކޮށްދިނުން ފަދަ ލުއިތަކެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
ފަހުގެ
HDC