logoEN
WAMCO TOP 1
އީރާނުގެ ދެކުނަށް އެމެރިކާއިން ދޭ ހަމަލާތައް ވަރުގަދަކޮށް، މަދުވެގެން އަށް މީހުން ޝަހީދުކޮށްލައިފި

އީރާނުގެ ދެކުނަށް އެމެރިކާއިން ދޭ ހަމަލާތައް ވަރުގަދަކޮށް، މަދުވެގެން އަށް މީހުން ޝަހީދުކޮށްލައިފި

# އެމެރިކާ-އީރާން

ކުއްލި ޚަބަރު

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

THE TRAVELLER AD

ޖެހިޖެހިގެން ހަވަނަ ރޭ ދިން މި ހަމަލާތަކުގައި މަދުވެގެން އަށް މީހުން ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ދެކުނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ އާންމު ރައްޔިތުން ބޭނުންކުރާ މުހިންމު ވަސީލަތްތަކަށެވެ. މީގެ ތެރޭގައި ފާލަންތަކާއި، އެއާޕޯޓްތަކުގެ އިތުރުން ކަރަންޓު އުފައްދާ މަރުކަޒުތަކާއި ރޭލު ސްޓޭޝަނެއް ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ އަސާސީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނީ ބަހްރޭން، އުރުދުން، ކުވެއިތު އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފައިވާ ކަމަށެވެ. ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އީރާނުން ދިން ހަމަލާތައް އެ ގައުމުގެ އަސްކަރިއްޔާއިން ހުއްޓުވުމުގެ ތެރޭގައި، ވެއްޓުނު މިސައިލްގެ ބައިތަކުން ކުޑަކުއްޖަކަށް ވަނީ އަނިޔާވެފައެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު މިކަމާ ގުޅިގެން ވިދާޅުވީ، "ހޯރްމޫޒް ކަނޑުއޮޅީގެ ހާލަތު ދެން ދުވަހަކުވެސް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ނުދާނެ" ކަމަށެވެ. މިއީ އެ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC