logoEN
WAMCO TOP 1
ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކުރައްވައިފި

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކުރައްވައިފި

# ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ # މުހައްމަދު އަހުމަދު

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ---- ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު އަހުމަދު

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކޮށްފިއެވެ.

THE TRAVELLER AD

މި މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހުސައިން މަނިކު ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މަގާމުން ރިޓަޔާ ކުރައްވާފައެވެ.

އަލަށް ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަހުމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވާނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މާލީ ވުޒާރާއާއި، ބޭންކް އޮފް މޯލްޑިވްސް ފަދަ ސަރުކާރުގެ މުހިންމު ކުންފުނިތަކުގެ އިސް މަގާމުތައް މީގެ ކުރިން ފުރުއްވާފައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، މުހައްމަދު އަހުމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ސީއެމްޑީއޭއަކީ ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓްކޮށް ތަރައްގީކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ސުޕަވައިޒް ކުރުމަކީވެސް އެ އޮތޯރިޓީގެ މުހިންމު މަސްއޫލިއްޔަތެކެވެ.

ކޮމެންޓް
ފަހުގެ
HDC