logoEN
WAMCO TOP 1
ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

7/12/2026, 10:20:35 AM

# ރައީސް މުއިއްޒު

-

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައިވަނީ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް ވަނީ، ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެކަމުގެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ، ހިކުމަތްތެރި ލީޑަރެއްގެ އިތުރުން، ޤަތަރުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ރައީސް ތައުޒިޔާގެ މެސެޖުގައި، ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ޤަތަރުގެ ޝާހީ ޢާއިލާއަށާއި، ސަރުކާރާއި އެގައުމުގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައިވެއެވެ.

އަދި އަލްމަރުޙޫމް ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ. މި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން (އަމީރީ ދީވާން) ކަށަވަރު ކޮށްދީފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައިވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށެވެ.

ކޮމެންޓް
ފަހުގެ
HDC