logoEN
WAMCO TOP 1
ތިލަފުށިން 800 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް، 32 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ތިލަފުށިން 800 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް، 32 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

7/12/2026, 7:56:38 AM

# މޯލްޑިވްސް އިމިގްރޭޝަން

-

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ޚާއްސަ ޓާސްކުފޯހުން އިއްޔެ ކ. ތިލަފުށީގައި ބޮޑު ރެއިޑް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

އިމިގްރޭޝަނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ދިރިއުޅެމުންދާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމެވެ.

މި ރެއިޑް އޮޕަރޭޝަންގެ ތެރެއިން ތިލަފުށީގެ ތަފާތު ސައިޓްތަކާއި، ޞިނާޢީ މަސައްކަތްކުރާ ތަންތަނާއި އެކޮމޮޑޭޝަން ބްލޮކްތައް ވަނީ ޗެކްކޮށްފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އަދި އެ މީހުންގެ ލިޔެކިޔުންތައް ތަހުގީގުކޮށް ބެލިބެލުމުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ ދެނެގަނެވި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅޭ މީހުންނާއި، ހުއްދަ ދޫކޮށްފައިވާ މާހައުލުގެ ބޭރުން މަސައްކަތްކުރާ މީހުން ހިމެނެއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިފަދަ ޚާއްސަ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC