logoEN
WAMCO TOP 1
ދިވެހި ފިލްމު 'ޕާޓީ' ގެ މަސައްކަތް ފެށިތާ 9 ދުވަހުން ޝޫޓިންގ ގެ ބޮޑުބައި ނިންމައިފި

ދިވެހި ފިލްމު 'ޕާޓީ' ގެ މަސައްކަތް ފެށިތާ 9 ދުވަހުން ޝޫޓިންގ ގެ ބޮޑުބައި ނިންމައިފި

# އައިފިލްމްސް

-

އައިފިލްމްސްގެ ފަރާތުން ނެރުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު 'ޕާޓީ' ގެ 50 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

THE TRAVELLER AD

އެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ޝޫޓިންގ ފެށިތާ އެންމެ 9 ދުވަސްތެރޭގައި ވަނީ 50 އިންސައްތަ މަސައްކަތް ނިމިފައެވެ.

މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. 'ޕާޓީ' އަކީ ދިވެހި މުޖުތަމައުގައި ހުރި ހަގީގީ ކަންކަމުގެ މައްޗަށް ބިނާކޮށް، "ނުދައްކާ ވާހަކަ" ތައް ދެއްކުމުގެ މަގްސަދުގައި އުފައްދާ ފިލްމެއް ކަމަށް އައިފިލްމްސް އިން ވަނީ ބުނެފައެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓިންގ ނިމުނުއިރު ވެސް ކާސްޓުންނަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު އަންނަނީ މި ފިލްމާ ގުޅޭ ބައެއް ޕޯސްޓުތައް ފޭސްބުކްގައި ހިއްސާކުރަމުންނެވެ. އެހެންކަމުން 'ޕާޓީ" ގައި ނިއުމާގެ އަތެއްވާކަން އެނގެއެވެ. އެކަމަކު އެއީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގެއެވެ.

ނިއުމާ އެނެމްފުރަތަމަ ވަނީ “ޕާޓީއަށް ސޮއި ކޮށްފިން …..#ނުދައްކާވާހަކަ” މިހެން ލިޔެ ޕޯސްޓެއް ކޮށްފައެވެ. #ނުދައްކާވާހަކަ އަކީ އިއްލެގެ 'ޕާޓީ' ފިލްމަށް ބޭނުންކުރާ ރަސްމީ ހޭޝްޓެގެވެ.

މި ފިލްމަށް ކާސްޓުންގެ ގޮތުގައި އެކި އުމުރުފުރައިގެ ކާސްޓުން ހޯދުމަށް މީގެކުރިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 2 މަހާއި 8 މަހާ ދެމެދުގެ ދެ ކުދިންނާއި، 4 އަހަރާއި 6 އަހަރާ ދެމެދުގެ އަންހެން ކުދިންގެ އިތުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ދެ އަންހެން ކުދިން ހޯދުމަށް އިއުލާނުކުރިއެވެ. އަދި 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ތަރިންނާއި، 50 އަހަރުން މަތީގެ އަންހެނަކު ވެސް ފިލްމަށް ބޭނުންވާ ކަމަށް އިއުލާންކޮށްފައިވެއެވެ.

މި ފިލްމުގެ އެކި ރޯލުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕްރޮޑަކްޝަންގެ ސޯޝަލް މީޑިއާ މަންސަތަކަށް މެސެޖުކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC