.jpeg&w=3840&q=75)
-
ކޮޅުމަޑުލު އޮމަދޫ ހުޅަނގު ދެކުނު ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށްޓަކައި ބިޑް އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ތ. އޮމަދޫ ކައުންސިލްގެ އިދާރާއިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ރަށުގެ އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި ހުޅުވާލި މި ފުރުސަތުގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ އެކަށީގެންވާ ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކަށެވެ.
ކައުންސިލުން މަޢޫލޫމާތު ދޭ ގޮތުގައި، މި ބީލަމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓުގެ ޖުމްލަ 2 ބިމެވެ. މި ބިންތައް އޮތީ އޮމަދޫ އަޙްމަދު ޢަބްދުﷲ ހިނގުމުގެ ދެކުނުކޮޅުން ދަނޑުވެރިކަން ކުރުމަށް ތ. އޮމަދޫ ހަވީރީވިލާ މަސްޢޫދު ނަޞީރަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގަށެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކަމަށްވާއިރު، މަސައްކަތް ފެށުމަށްޓަކައި ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ދުވަސް ލިބޭނެއެވެ.
ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 0.05ރ (ފަސް ލާރި) އެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކުރިއަށް އޮތް 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އޮމަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ރަސްމީ އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހަޅަންޖެހޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް އޮމަދޫ ކައުންސިލް އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އޮމަދޫ ކައުންސިލުން ޚާއްސަކޮށް ފާހަގަކުރާ ގޮތުގައި، މި ބީލަމުގައި އަންދާސީހިސާބު ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ، ދަނޑުވެރިކަމުގެ ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ދަނޑުވެރިކަން ކުރުމަށް އޮމަދޫން 5000 އަކަފޫޓުގެ ބިން ބިޑް އުސޫލުން ކުއްޔަށް ދޫކުރަނީ

އޮމަދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފި

އޮމަދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި




