logoEN
WAMCO TOP 1
މަންފާ އެކަޑަމީ އިފްތިތާހްކޮށްފި

މަންފާ އެކަޑަމީ އިފްތިތާހްކޮށްފި

# މަންފާ އެކަޑަމީ

މަންފާ އެކަޑަމީ އިފްތިތާހްކުރުމުގެ ހަފްލާގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ކުޅިވަރުގެ ތެރެއިން އަހްލާގް ރަނގަޅު ޖީލެއް ބިނާކުރުމުގެ ގޮތުން އުފެއްދި މަންފާ އެކަޑަމީ އިފްތިތާހްކޮށްފި އެވެ.

THE TRAVELLER AD

ޣިޔާޡުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގައި އެކަޑަމީ އިފްތިތާހްކޮށްދެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް އަލީ ސުޒައިންނެވެ.

މި ރަސްމިއްޔާތުގައި އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ސުޒައިންއަށް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއާމަން އަލީ ރަމީޒް ވިދާޅުވީ މަންފާ އެކަޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާއަކަށް ކަމަށެވެ. އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށް އެކަޑަމީ ވެގެންދާނެ ކަމަށް ޗެއާމަން ވިދާޅުވި އެވެ.

އެކަޑަމީއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތުދެއްވަމުން އެކަޑަމީގެ ނައިބު ރައީސް ނިސްތާރު ވިދާޅުވީ އެކަޑަމީ އިފްތިތާހްކުރުމާއެކު އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެކަޑަމީގެ ކަންކަން ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލުމާއެކު އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށް ނިސްތާރު ވިދާޅުވި އެވެ.

މީގެއިތުރުން ނިސްތާރު ވިދާޅުވީ މި އެކަޑަމީން ތަމްރީނުވެގެން ނުކުންނާނީ ހަމައެކަނި ކުޅިވަރު ކުޅޭނެ ކުދިންތަކެއް ނޫންކަމަށާ، މި އެކަޑަމީން ތަމްރީނުވާނީ ނަމާދަށް ފަރުވާތެރި ދީނީ ކަންކަމަށް ބޯލަނބާ ޖީލެއްކަމަށެވެ.މަންފާ ޖަމިއްޔާގެ ކުޑައިގެ ދަށުން ވުޖޫދުވެގެން އައި މަންފާ އެކަޑަމީގެ ޗެއާމަނެއްގެ ގޮތުގައި ހުންނަވާނީ މަންފާ ޖަމިއްޔާގެ ފައުންޑަރ ޢަލީ ރަމީޒެވެ. އަދި ރައީސެއްގެ ގޮތުގައި ހުންނަވަނީ ވޮލީގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ސާޖިދްއެވެ. ނައިބުންގެ ގޮތުގައި ތިއްބަވާނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗް ޢަލީ ނިސްތާރު މުޙައްމަދާއި މުޙައްމަދު ތައުފީގުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗް އިބްރާހީމް ރަމީޒެވެ.

ކޮމެންޓް
ފަހުގެ
HDC