logoEN
WAMCO TOP 1
ޒުވާން ޚަޠީބުންނަށް އަރަބި ޔުނިވަރސިޓީތަކުން ފުރުސަތުތައް ހޯދައިދީ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފްކުރަނީ

ޒުވާން ޚަޠީބުންނަށް އަރަބި ޔުނިވަރސިޓީތަކުން ފުރުސަތުތައް ހޯދައިދީ ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފްކުރަނީ

އަހުމަދު ޝުރާއު

logo

6/29/2026, 4:37:29 PM

# ޑރ ޝަހީމް އަލީ ސައީދު

-

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރުކޮށް ޚުޠުބާކިޔަމުންދާ ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ޚާއްސަ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

ވަޒީރު ބޭއްވެވި މި ބައްދަލުވުމަކީ ޒުވާން ޚަޠީބުންގެ ކުރިއެރުމަށާއި، އެކުދިންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ބައްދަލުވުމަށްފަހު ވަޒީރު ޑރ. ޝަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ދާއިރާގެ ޚަޠީބުންނާ ބައްދަލުވީ ނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އެހެނިހެން ސަރަޙައްދުތަކުގެ ޒުވާން ޚަޠީބުންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޒުވާން ޚަޠީބުންގެ ކުރިމަގާ ގުޅޭ ވަރަށް މުހިންމު ކަންތައްތަކެއްގެ މަޝްވަރާ ވަނީ ކުރެވިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކުރިއަށް ރޭވިފައިވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" އާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކެވެ. މީގެ އިތުރުން، ޒުވާން ޚަޠީބުންގެ ތެރެއިން އިސްލާމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަރަބި އިސްލާމީ ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދިނުމާ ބެހޭގޮތުންނާއި، ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

ޒުވާނުން ދީނީ ކަންކަމަށް ލޯބިޖެއްސުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ހަމައެކަނި ޚުޠުބާ ކިއުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ޒުވާން ޚަޠީބުންނަށް ދާއިމީކޮށް އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެއްސުމާމެދު ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ ސަބަބުން މިސްކިތްތަކުގެ އިމާމުކަމުގެ ދާއިރާއަށް އިލްމީ ޒުވާނުން ނުކުތުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

ސަރުކާރުން ފަށާފައިވާ ޒުވާން ޚަޠީބުންގެ ޕްރޮގްރާމަކީ ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ، އަދި މިސްކިތްތަކަށް އައު ދިރުމެއް ގެނެސްދީފައިވާ ނުހަނު ކާމިޔާބު މަޝްރޫއެކެވެ.

ކޮމެންޓް
ފަހުގެ
HDC