logoEN
WAMCO TOP 1
ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

6/29/2026, 10:07:04 AM

# ސަލްޓަން ޕާކު

ނޯޓު: މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް.

މާލޭގެ ސަލްޓަން ޕާކުގައި ޒަމާނީ އީ-ސްޕޯޓްސް އޭރިއާއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

THE TRAVELLER AD

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތަކީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް މި މަޝްރޫޢުގައި ރިއާޔަތްކުރާނެއެވެ.

ޒުވާނުންގެ މެދުގައި މަގުބޫލުވަމުންދާ އީ-ސްޕޯޓްސް ކުރިއެރުވުމަށް ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 6 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ ކޮވިޑްގެ ފަހުން އާންމުވެފައިވާ އުސޫލުން މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ.

ސަލްޓަން ޕާކަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާ ތަނަކަށް ވާއިރު، މިތަނުގައި އީ-ސްޕޯޓްސް އޭރިއާއެއް ގާއިމުކުރެވުމުން ގޭމިންގ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ބޮޑު ފުރުސަތުތަކެއް ހުޅުވި، އެ ދާއިރާ އިތުރަށް ތަރައްޤީވުމަށް މަގުފަހިވެގެންދާނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތުތައް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ގެޒެޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC