logoEN
WAMCO TOP 1
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އިޒްޔާން ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް!

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އިޒްޔާން ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް!

އަހުމަދު ޝުރާއު

logo

6/24/2026, 8:36:53 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބޮޑު މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ ދިވެއްސަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.

THE TRAVELLER AD

ފުލުހުންގެ އެދުމުގެ މަތިން އިންޓަޕޯލުން މި ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.

ފުލުހުންގެ ތަހުގީގީ އިދާރާއަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ތަހުގީގަށް ފިލުމުގެ ގޮތުން އިޒްޔާން ވަނީ ސިއްރިއްޔާތުގައި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު މިހާރު ދިރިއުޅެމުންދާ ވަކި ޤައުމެއް ނުވަތަ އުޅޭ ވަކި ސަރަހައްދެއް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ސާފުކޮށް އެނގިފައެއް ނުވެއެވެ.

އިންޓަޕޯލް ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އެކި އިދާރާތަކުގެ އެހީތެރިކަމާއެކު، ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކޮށް ގައުމަށް ފޮނުވާލުމަށް މަގުފަހިކުރުމުގެ ގޮތުން ނެރޭ ބާރުގަދަ އަމުރެކެވެ. މި ނޯޓިސްތަކުގެ މައިގަނޑު ބޭނުމަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ޝަރީއަތް ކުރިއަށްގެންގޮސް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު މުޅި ދުނިޔެއަށް އާންމުކުރުމެވެ.

މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ނާޒުކު މައްސަލައަކަށް ވުމާއެކު، ފުލުހުން ދަނީ ބޭރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އިޒްޔާން ހޯދުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރަމުންނެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެ މައުލޫމާތެއް ލަސްނުކޮށް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC