
މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގައި ހަލުވި ދުވެލީގައި ކާމިޔާބީއަށް ވާޞިލުވި ނަމޫނާ މުއައްސަސާއެއް - ފަސްޓް ލޭޑީ
# ފަސްޓް ލޭޑީ-
މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްޞަ އަހަރީ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޢިމާދުއްދީން ސްކޫލުގައި ކުރިއަށްދިޔަ މި ކުލަގަދަ ޙަފްލާގައި އެކަމަނާ ވަނީ މިއާންޒް ކޮލެޖަށް 15 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮލެޖުން ދޭ ޚާއްޞަ ހަނދާނީ ފިލާތައް އެ ބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މިއާންޒް ކޮލެޖަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ހަލުވި ދުވެއްޔެއްގައި ތަޢުލީމީ ބޮޑެތި ކާމީޔާބީތަކެއް ޙާޞިލުކުރި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އައު ޖީލެއްގެ ބިންގާ އެޅުމުގައި އެ ކޮލެޖުން އަދާކުރި މުހިންމު ދައުރާމެދު މުޅި ދައުލަތްވެސް ފަޚުރުވެރިވެ އުފާކުރާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި ޙަޤީޤީ ތަރައްޤީއަކީ އިންސާނާއަށް އަންނަ ހެޔޮ ބަދަލުތައް ކަމަށްވާއިރު، ތަޢުލީމަކީ އިންސާނާ އެންމެ ފުރިހަމައަށް ތަރައްޤީކޮށްދޭ މައިގަނޑު ވަސީލަތެވެ.
ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާންޖެހޭ ހަރުދަނާ އަޚްލާޤީ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި، އަދި މަސައްކަތުގެ މާހައުލުގައި ފަރުވާތެރި ފަޚްރުވެރި ދިވެހި ދަރިންތަކަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން ނުހަނު ލޯތްބާއެކު އެދިވަޑައިގަތެވެ. މިރޭގެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ޚާއްޞަ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އެކަމަނާއަށް މި ހަދިޔާ ޙަވާލުކޮށްދެއްވީ ކޮލެޖުގެ ފައުންޑަރ އަދި ޗެއަރމަން އަޙްމަދު މުއްތަކީއެވެ.
މި ހަފްލާގެ ތެރެއިން މިއާންޒް ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަން ރަސްމީކޮށް އިޢުލާންކުރުމާއި، ކޮލެޖުގެ ރަސްމީ އައު ލަވަ އިފްތިތާޙްކުރުންވެސް ކުރިއަށްދިޔައެވެ. މީގެ އިތުރުން، ކޮލެޖަށް 5 އަހަރާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވާއިރު، މި ޝަރަފުވެރި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، ކޮލެޖުގެ އިސް މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
ގުޅުންހުރި

ދުންފަތަށް "ނޫނެކޭ" ބުނަންވީ ވަގުތު ޖެހިއްޖެ؛ ވިޔަފާރިވެރިންނާއި ކެފޭތަކުން އިސްނަގަން މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގައި ހަލުވި ދުވެލީގައި ކާމިޔާބީއަށް ވާޞިލުވި ނަމޫނާ މުއައްސަސާއެއް - ފަސްޓް ލޭޑީ

މީހުން ބިނާކުރުމުގެ ދާއިރާގައި ވުނަކުރުމަކީ، ކުރެވޭ، އެންމެ ފައިދާހުރި ވުނަކުރުން!




