
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، ބުދަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް ވަގަށް އެތެރެކުރާ މުދާ ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ބައެކެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށް، ކަސްޓަމްސްއަށް އޮޅުވާލައިގެން އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ އެކި ތަންތަނުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެގޮތުން ފާސްކުރި ކޮންޓޭނަރުގެ ތެރެއިން ޖުމްލަ 5,600 ވޭޕް ކާޓްރިޖު ހޯދައި، މިހާރު ވަނީ ކަސްޓަމްސްގެ ރަސްމީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު މި ބޮޑު މައްސަލަ ކަސްޓަމްސްގެ ޚާއްޞަ ތަޙުޤީޤު ޓީމަކުން މިހާރު ދަނީ އިތުރަށް ބަލައި ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެތެރެކުރުން މަނާކުރުމުގެ ހަރުކަށި ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، ކަސްޓަމްސްއިން ދަނީ ބޯޑަރުތައް ބެލެހެއްޓުމުގައި ފާރަވެރިވަމުންނެވެ. އެގޮތުން މި ބޮޑު ޝިޕްމަންޓް އަތުލައިގަތުމުގެ ކުރިން، މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހުވެސް މާލެ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ވަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ދެ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިންވެސް ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1,108 ވޭޕް ކާޓްރިޖުގެ އިތުރުން 27 ވޭޕް ޑިވައިސް ހޯދައި ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ގުޅުންހުރި

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 1 ގައި!




