
-
ކޮންމެ އަހަރެއްގެ ވެސް ރޯދަ އާއި ދިމާކޮށް ގޭގެ ސިޓިންގްރޫމްގެ ކުލަތަކާއި ފަރުނީޗަރުތަކަށް ވަރަށް ގިނަ ބަޔަކު ބަދަލު ގެނެއެވެ. ގޭތެރެ ރީތިކޮށްލަން ބޭނުންވާއިރު، މިހާރު އެންމެ "ޓްރެންޑިން" ވެގެން އުޅޭ ގޮތްތައް އެނގުން މުހިންމުވާ ފަދައިން، ޒަމާނުން ބޭރުވެ ބޭނުންކުރުން ހުއްޓާލަމުންދާ ފަރުމާތައް އެނގުމަކީ ވެސް އެހާމެ ބޭނުންތެރި ކަމެކެވެ.

އިންޓީރިއާ ޑިޒައިނަރުން ހާމަކުރާ ގޮތުގައި، މިއަހަރުގެ ތެރޭގައި ސިޓިންގްރޫމްތަކުން ފެނުން މަދުވަމުންދާ ބައެއް މައިގަނޑު ޓްރެންޑްތަކެއް އެބަހުއްޓެވެ.
ރާޅުބާނި ފަރުމާތައް
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވި ރާޅުބާނި ނުވަތަ "ވޭވީ" ބައްޓަމަށް ހުންނާނެހެން ފަރުމާކޮށްފައިވާ ސޯފާތަކާއި މޭޒުތަކުގެ ޒަމާން މިހާރު ދަނީ ފާއިތުވަމުންނެވެ. މި ޑިޒައިނަކީ 2020 ގެ ޓްރެންޑަކަށް ވިޔަސް، މިހާރު މި ބާވަތުގެ ފަރުނީޗަރުތައް ގިނައިން ބެހެއްޓުމުން މާހައުލު ބަދަލުވެ، ބޭނުންކުރެވޭ މުއްދަތު ކުރުވާ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މީގެ ބަދަލުގައި ސީދާ ރޮނގުތައް ހުންނަ ނުވަތަ މަޑުމަޑުން ބައްޓަން ބަދަލުވާ ކްލާސިކް ފަރުނީޗަރުތައް ބޭނުންކުރުން މާ ރަނގަޅެވެ.

ބޮޑެތި ކްލައުޑް ސޯފާތައް
މީގެ ކުރިން ސޯޝަލް މީޑިއާ ފަޅުފިލުވައިދިން ބޮޑެތި، މަޑު، ހުދު ކުލައިގެ "ކްލައުޑް ސޯފާ" ތަކުގެ މަގުބޫލުކަން ވެސް މިހާރު ދަނީ ކުޑަވަމުންނެވެ. މިފަދަ ބޮޑެތި ސޯފާތަކުގެ ސަބަބުން ކުދި ސިޓިންގްރޫމްތައް މާ ބޮޑަށް ފިތި، ތަރުތީބެއް ނެތް ގޮތަކަށް ފެންނަން މެދުވެރިވެއެވެ. އޭގެ ބަދަލުގައި، އާދައިގެ ކްލާސިކް ސޯފާއަކާއެކު ކުޑަ ކޮފީ މޭޒެއް ބެހެއްޓުމުން ސިޓިންގްރޫމްގެ ބައްޓަން ރީތިކޮށްދެއެވެ.

ހުދު އަދި ބޭޖް ކުލައިގެ ފާރުތައް
ހަމައެކަނި ހުދު ކުލައާއި ބޭޖް ކުލަ އެކަނި ބޭނުންކޮށްގެން މުޅި ސިޓިންގްރޫމް ފަރުމާކުރުމުގެ ބަދަލުގައި، މިހާރު މީހުން ބޭނުންވަނީ ދިރިއުޅުމުގެ ރޫހު ދައްކުވައިދޭ ކުލަތަކެވެ. ބޭޖް ކުލައިގެ ސާދާކަން ކަމުދާ ނަމަވެސް، އޭގެ ތެރެއަށް ކަޅުކުލަ، ޒައިތޫނި ފެހި، ނުވަތަ ވެލީގެ ކުލަ ފަދަ ގުދުރަތީ ކުލަތައް އެއްކޮށްލުމުން ސިޓިންގްރޫމަށް އިތުރު ފުރިހަމަކަމެއް ލިބެއެވެ.

އަލްޓްރާ-މިނިމަލިޒަމް
އިންޓީރިއާ ޑިޒައިނަރުން އިތުރަށް އިލްތިމާސްކުރާ ގޮތުގައި، ހުރިހާ އެއްޗެއް މާ ބޮޑަށް ސާދާކޮށް ބަހައްޓާ "އަލްޓްރާ-މިނިމަލިޒަމް" ގެ ބަދަލުގައި، ޒަމާނީ ފަރުނީޗަރުތަކާއެކު އާދައިގެ ސަގާފީ ބައެއް ތަކެތި ހިމެނުމުން މާ ރީއްޗެވެ. ތަފާތު ދެ ސްޓައިލެއް އެއްކޮށްލުމުން ސިޓިންގްރޫމްގެ ރީތިކަން މާ ބޮޑަށް ފާޅުވެއެވެ.

އެއްގޮތް ފަރުނީޗަރު ސެޓްތައް
އެއް ސެޓެއްގެ ފަރުނީޗަރުން (ސޯފާ، މޭޒު، ކަނޑާފައި ހުންނަ ގޮނޑި) މުޅި ސިޓިންގްރޫމް ފުރާލުމަކީ ގޭގެ އަމިއްލަވަންތަކަން ގެއްލުވައިލާ، ޒަމާނުން ބޭރުކޮށްލާ ކަމެކެވެ. މީގެ ބަދަލުގައި ލަކުޑިއާއި ދަގަނޑުގެ ބާވަތްތައް އެއްކޮށް، ބާޒާރުން ލިބޭ ތަފާތު ބައްޓަންތަކުގެ ސާމާނުތައް ރީތި ގޮތަކަށް އަތުރާލުން ބުއްދިވެރިއެވެ.

ހަގީގަތުގައި ވެސް ސިޓިންގްރޫމަކީ ހަމައެކަނި ދައްކާލަން ބަހައްޓާ މިއުޒިއަމްއެއް ނޫނެވެ. އިންޓީރިއާ ޑިޒައިނަރުން މިއަހަރު ދޫކޮށްލަން ނިންމާފައިވާ މި ހުރިހާ ފަރުމާތަކަކީ ވެސް، އާއިލާ އާއި ރައްޓެހިން އެންމެ ގިނައިން އެއްވެ، ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރާ އެންމެ ޚާއްސަ މާހައުލުން ލޯތްބާއި، އަރާމުކަމާއި، އަދި ގޭގެ އަމިއްލަވަންތަކަން ގެއްލޭ ޑިޒައިންތަކެވެ.
އެހެންކަމުން، ރީތިކަމަށްވުރެ ބޮޑަށް ގޭގެ ދިރިއުޅުމަށް ހަލަބޮލިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ފަދަ ބޭނުންތެރި، އަރާމު ބަދަލުތަކަކަށް އިސްކަންދިނުން މާ ބުއްދިވެރިއެވެ.



