
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިންގާނެ އޮފީސް އިމާރާތެއް 5 އަހަރަށް ކުއްޔަށް ދޭނެ ފަރާތެއް ހޯދަނީ
# އެންއައިސީ-
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިދާރާ ހިންގާނެ އެކަށީގެންވާ އޮފީސް އިމާރާތެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ދިވެހި ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުނު އިޢުލާނުގައި ބުނެފައިވަނީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫޢަށް ޝަރުޠުހަމަވާ ފަރާތެއް ހޮވުމުގެ ކަންތައް ކުރިއަށްދާނީ ރާއްޖޭގެ ބީލަން ކުރުމުގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ދަށުން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޚާއްޞަ ޝަރުޠުތަކާއި ބީލަންތައް އިވެލުއޭޓް ކުރާނެ މިންގަނޑުތައް ރަސްމީ ބީލަން ފޮތުގައި ތަފްޞީލުކޮށް ބަޔާންކުރެވިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެންއައިސީ ހިންގާނެ އޮފީސް އިމާރާތެއް ހޯދުމުގެ މި ޕްރޮޖެކްޓަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ސަރުކާރުގެ ރަސްމީ ބީލަން ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ކުރިއަށް އޮތް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ޤާނޫނު ތަންފީުުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ކަންކަން މޮނިޓަރކޮށް ބަލާ މުސްތަޤިއްލު މުއައްސަސާއަކަށް ވާއިރު، އެތަނުގެ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި އެކަށީގެންވާ ޖާގަ ތަނަވަސް އޮފީސް މާޙައުލެއް ޤާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މި ބީލަމުގެ ސަބަބުން ކޮމިޝަންގެ ދާއިމީ ހިންގުމަށް ބޭނުންވާ ފުރިހަމަ އިމާރާތެއް ކުރިއަށް އޮތް 5 އަހަރަށް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެއެވެ.



