
ވަޒީރު ޙަސަން ރަޝީދު ސަދަން އޭރިޔާގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެއަރ ކޯރގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި
# ދިފާއީ ވުޒާރާ-
ދިފާޢީ އަދި ވަތަނީ ޚިދުމަތްތަކާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ސަދަން އޭރިޔާ ކޮމާންޑްގައި ޤާއިމްކޮށްފައިވާ އެމް.އެން.ޑީ.އެފް އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތަކީ އެއަރ ސްޓޭޝަންގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ސިފައިންގެ ހާލަތު ބެއްލެވުމުގެ ގޮތުން ކުރެއްވި މުހިންމު ޒިޔާރަތެއް ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
މި ޒިޔާރަތުގެ ތެރެއިން ދިފާޢީ ވަޒީރު ވަނީ އެއަރ ސްޓޭޝަންގައި މިވަގުތު މަސައްކަތް ކުރައްވަމުންދާ އެމް.އެން.ޑީ.އެފްގެ އެއަރ ކޯރގެ ސިފައިންނާ ބައްދަލުކުރައްވައި، އެފަރާތްތަކާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި، ޚިދުމަތް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރާއްޖޭގެ ވައިގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި އެމް.އެން.ޑީ.އެފް އެއަރ ކޯރ އިން މިހާރު ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތައް ވަޒީރު ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ސަރަޙައްދު ހިމާޔަތްކުރުމަށް އެއަރ ކޯރގެ ސިފައިން ކުރަމުންދާ ގައުމީ މަސައްކަތްތަކަށް ވަޒީރު ވަނީ ހިތްވަރުދެއްވާފައެވެ.
ގުޅުންހުރި

ވަޒީރު ޙަސަން ރަޝީދު ސަދަން އޭރިޔާގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެއަރ ކޯރގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި

ބަންގްލަދޭޝްއާއިއެކު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އޮސްޓްރޭލިޔާއާއިއެކު ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި




