logoEN
WAMCO TOP 1
އެމެރިކާއިން ސްރީލަންކާ އެއަރ ފޯސްއަށް 10 ހެލިކޮޕްޓަރު ހަދިޔާކޮށްފި

އެމެރިކާއިން ސްރީލަންކާ އެއަރ ފޯސްއަށް 10 ހެލިކޮޕްޓަރު ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

6/2/2026, 11:02:52 AM

# އެމެރިކާ - ސްރީލަންކާ

-

އެމެރިކާ ސަރުކާރާއި ސްރީލަންކާގެ އަސްކަރިއްޔާއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެމެރިކާއިން ސްރީލަންކާ އެއަރ ފޯސް (އެސްއެލްއޭއެފް) އަށް 10 "ޓީއެޗް-57 ސީ ރޭންޖަރ" ހެލިކޮޕްޓަރު ހަދިޔާކޮށްފިއެވެ.

THE TRAVELLER AD

ލަންކާގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ހެލިކޮޕްޓަރުތައް މިހާރު ވަނީ ސްރީލަންކާއަށް ގެންގޮސްފައެވެ.

ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ބުނި ގޮތުގައި، މިއީ އެ ޤައުމުގެ "އެކްސެސް ޑިފެންސް އާޓިކަލްސް ޕްރޮގްރާމް" ގެ ދަށުން އެއްވެސް އަގަކާ ނުލައި (ހިލޭ) ލަންކާއަށް ހަދިޔާކުރި އުޅަނދުތަކެކެވެ. އެމެރިކާގެ ޓެކްސަސްގައި އުފައްދާފައިވާ މި ހެލިކޮޕްޓަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭގެ ރައްކާތެރިކަމާއި، ދިގު މުއްދަތަށް ބޭނުންކުރެވޭ މުހިންމު ޕްލެޓްފޯމެއް ކަމަށްވާ "ބެލް 206" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އުޅަނދުތަކެކެވެ.

މި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމާއި، ބެލެހެއްޓުމާއި، އަދި އަސްކަރިއްޔާގެ ތެރެއަށް އެއްކޮށްލުމުގެ ޚަރަދުތައް ބަލަހައްޓާނީ ސްރީލަންކާ ސަރުކާރުންނެވެ.

ސްރީލަންކާ އެއަރ ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހެލިކޮޕްޓަރުތަކުގެ ބޭނުން ވަރަށް އަވަހަށް ހިފަން ފަށާނެއެވެ. މިއީ ދެ ޤައުމުގެ ދިފާއީ އެއްބާރުލުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރަމުން ލަންކާ އަސްކަރިއްޔާއިން ބުނީ، މި އުޅަނދުތަކުގެ ސަބަބުން ލަންކާގެ ޕައިލެޓުން ތަމްރީނުކުރުމާއި، ކަނޑުމަތީގެ ސާރޗް އެންޑް ރެސްކިއު (މީހުން ހޯދާ ސަލާމަތްކުރުން) އަދި ތަފާތު ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC