.jpeg&w=3840&q=75)
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ސިޓީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ސިޓީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މައުލޫމާތު ދީފައިވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ވިޔަފާރިވެރިންނަށެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް، ވިޔަފާރިވެރިން ކުށްތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ވިޔަފާރިކުރުމަށްފަހު ފައިސާދެއްކި ކަމަށްބުނެ ސައްހަނޫން ސުލިޕް ފޮނުވާ މީހުންގެ ކިބައިން ރައްކާތެރިވެ އެފަދަ މީހުންނާ މެދު އިތުރަށް ސަމާލުވުމަށާއި، އެފަދަ ސުލިޕް ދެނެގަންނާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން ލިބިގެންދާނެ ފައިދާތައް ކިޔައިދީފައިވެއެވެ. އަދި ސީސީޓީވީ ކެމެރާ ނެތް ފިހާރަތަކުގައި ކެމެރާ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، ގަން ޕޮލިހުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް، ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ސިޓީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި




