logoEN
WAMCO TOP 1
އިޓަލީގެ ޑައިވަރުންތަކެއް މަރުވުން: 2 މީހެއްގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ނަގައިފި

އިޓަލީގެ ޑައިވަރުންތަކެއް މަރުވުން: 2 މީހެއްގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ނަގައިފި

އަހުމަދު ޝުރާއު

logo

5/19/2026, 8:47:19 AM

# އީޓަލީ ޑައިވަރުންތަކެއް މަރުވުން

ޑައިވަރުންގެ ހަށިތައް ނެގުމަށް ތައްޔާރުވަމުންދަނީ --

ވ އަތޮޅަށް ޑައިވިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ހޯދައި 2 ޑައިވަރެއްގެ ހަށިގަނޑު ކާމިޔާބު ކަމާއިއެކު ހޮހޮޅައިގެ ތެރެއިން ނަގައިފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން އިއްޔެ ވަނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާކަން ހާމަކޮށްފައެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެތަނުން ދެ މީހެއްގެ ހަށިގަނޑު ވަނީ އެމްއެންޑީއެފްގެ މަނަވަރު ޣާޒީއަށް ނަގާފައި އެވެ.

އެމްއެންޑީއެފުން އިއްޔެ ހާމަކުރި ގޮތުގައި ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިންނެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC