logoEN
WAMCO TOP 1
އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް - ރައީސް

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް - ރައީސް

# ރައީސް މުއިއްޒު

-

ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށެވެ. އަދި މާދަމާގެ މުޖުތަމައުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އުޅެވޭނެ ފަދަ ގާބިލުކަން އެކުދިންނަށް ހޯދައިދިނުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.

އެމަނިކުފާނުގެ މެސެޖުގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ތަރުބިއްޔަތަށް މުޅި މުޖުތަމައު ސަމާލުވުމަށް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC