logoEN
WAMCO TOP 1
ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އަހުމަދު ޝުރާއު

logo

5/5/2026, 7:26:59 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން މިއަދު މި މައްސަލައާއި ގުޅިގެން ހޯދާ މީހާގެ ވީޑީއޯ އެއް އާންމުކޮށްފައެވެ. ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖް ވީޑިއޯއަކުން ފެންނަ ގޮތުން ނަމަ އެމީހާ ވަނީ މާލޭގެ މަގެއްގެ ދުވާރުމަތިން ހިނގާފައި ދިޔަ ދެ އަންހެނަކަށް ފުރައްސާރަކުރުމަށްފަހު ފަހު އެސަރަހައްދުން ގޮސްފައި އެވެ. އޭނާގެ މޫނު ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

View post on Twitter

މިއާއިއެކު، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC