
ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅު: ލަންކާގެ ބޮޑުވަޒީރާއިއެކު މުހިންމު މަޝްވަރާތަކެއް!
# ރައީސް މުއިއްޒު-
ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ދެ ބޭފުޅުންވެސް ވަނީ، މެހުމާންދާރީ އާއި ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު، ތަމްރީން އަދި އެ ނޫންވެސް އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކުން ދެ ޤައުމުން ގެންގުޅޭ ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ކުރެވިދާނޭ މަސައްކަތްތައް ދެނެގަތުމުގެ ޢަޒުމުގައި ތިއްބެވިކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާ އާ ގުޅިގެން އެ ޤައުމަށް ކުރިމަތިލާންޖެހުނު އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތާރީފުކުރައްވާފައެވެ.
އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން، ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ޚިދުމަތްތަކާއި، ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ މާނަހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ގުޅުންހުރި

ލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަރަޙައްދީ ހަމަޖެހުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

ރާއްޖެއާއި ލަންކާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމަށް މަޝްވަރާކޮށްފި




