logoEN
WAMCO TOP 1
ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެ - ޝަކީލް

ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެ - ޝަކީލް

އަހުމަދު ޝުރާއު

logo

5/2/2026, 12:34:08 PM

# ޝަކީލް

-

ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެކަމަށް ވިދާޅުވެ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް އެމްޑީޕީގެ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ރައްދު ދެއްވައިފި އެވެ.

THE TRAVELLER AD

ޝަކީލް މިފަދައިން ވިދާޅުވީ ސަރުކާރުން މި އަހަރު އެމްޑީޕީއަށް ލިބެންޖެހޭ އެއްވެސް ފައިސާ ލިބިފައިނުވާތީ، ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް މިވަގުތު ނެތް ކަމަށް ގަޕޯ ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ގަޕޯ އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗެއާޕާސަން އިންތިހާބު ލަސްކޮށް، ޕާޓީ ހިންގުމަށް ލީޑާޝިޕްގައި މަޝްވަރާކޮށްގެން އޭނާ ނުހިމަނައި ކޮމިޓީއެއް އެކުލަވާލުމަށެވެ. އަދި އިންތިހާބު ލަސްކޮށްލަން ގަޕޯ ހުށަހެޅުއްވީ އެމްޑީޕީއަށް ސަރުކާރުން ފައިސާ ދޫކޮށްފައިނުވާ ކަމަށް ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ކޮން ފައިސާއެއްގެ ވާހަކައެއްތޯ އާއި ދައުލަތުގެ ބަޖެޓު ފާސްކުރަން ގަޕޯ އަދި އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ވޭތުވެދިޔަ ތިން އަހަރު ވޯޓެއް ދިނިންތޯ ސުވާލުކުރައްވާފައި އެވެ.

އަދި ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެ ކަމުގައި ޝަކީލް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC