
-
ތ ކިނބިދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ބުނީ ތ. ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް 2026 އޭޕްރީލް 29 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫންކަން ހާމަކޮށްފައެވެ.މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




