
ނައިބު ރައީސް ނޫސްވެރިންނަށް: ސައްހަ ނޫން މައުލޫމާތު ރިޕޯޓުކުރުމުން ގެއްލޭނީ ރައްޔިތުން ނޫސްވެރިންނަށް ކުރާ އިތުބާރު، ޒިންމާދާރުވޭ!
# ނައިބު ރައީސް ހުސެއިން-
ހަބަރު ފެތުރުމުގައި ނޫސްވެރިން އިތުރަށް ޒިންމާދާރުވުމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

މިރޭ އެކްސްގައި ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ އެތިކަލް ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައިގެން މަޢުލޫމާތު ކަށަވަރުކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ރައްޔިތުންނާއި ހަމައަށް ފެންވަރު ރަނގަޅު ގޮތެއްގައި ގެނެސްދިނުން ކަމަށެވެ.
ނަމަވެސް ނޫސްވެރިކަމުގެ އެތިކްސް ދޫކޮށްލުމުން ސައްހަ ނޫން މައުލޫމާތު ގިނަވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ރައްޔިތުން ނޫސްވެރިންނަށް ކުރާ އިތުބާރު ގެއްލިގެންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ މައުލޫމާތު ފެތުރުމުގައި ނޫސްވެރިން އިތުރަށް ޒިންމާދާރުވެ، ނޫސްވެރިކަމުގެ މައިގަނޑު އުސޫލުތަކަށް ވަކާލާތުކޮށް ދެމިތިބުމަށް ނޫސްވެރިންނަށް ގޮވާލައްވާފައި އެވެ.
ނައިބު ރައީސް މިބީދައިން ޕޯސްޓެއް ކުރައްވާފައިމިވަނީ ރާއްޖޭގެ ނޫހެއް ކަމަށްވާ އަދަދު ނޫހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މިިދިޔަ މަހުގެ ފަހުކޮޅު ނެރުނު ޑޮކިއުމެންޓަރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ކަމަށާއި އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށް އިއްޔެ ރައީސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައިއެވެ.
މިކަމާ ގުޅިގެން ރޭގައި އަދަދު ނޫހުގެ އޮފީސް ފުލުހުން ވަނީ ބަލައި ފާސްކޮށް، އެ ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި އެހެނިހެން ފަރާތްތަކުންވެސް ވަނީ ނޫސްވެރިކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި

ނައިބު ރައީސް ނޫސްވެރިންނަށް: ސައްހަ ނޫން މައުލޫމާތު ރިޕޯޓުކުރުމުން ގެއްލޭނީ ރައްޔިތުން ނޫސްވެރިންނަށް ކުރާ އިތުބާރު، ޒިންމާދާރުވޭ!

އިންޓަރނަލް އޮޑިޓަރުންގެ ޒިންމާ އަދާކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން - ނައިބު ރައީސް

މޯލްޑިވްސް ރިޒޯޓު ވޮލީ ލީގުގެ ނޯތު މާލެ ލީގް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ނައިބު ރައީސް!




