
އުމުރުން ދުވަސްވީ ބައެއް --ފޮޓޯ: ޝާބިން
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތައް ނެގޭ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް ކަނޑައަޅައިފި އެވެ.

ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ބޯޑުން މިހާރު ބޭންކުން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސްފައިވާކަމަށެވެ.
ބީއެމްއެލް އިން މީގެ ކުރިން ލޯން ދޫކުރަމުން އައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭ ގޮތަށެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލާއެކު އުުރުން 18 އަަހަރުން ފެށިގެން 75 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ބީއެމްއެލްގެ ލޯނަށް އެދި ހުށަހެޅޭނެ އެވެ.
"އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށްވެސް މެދުއުމުރުގެ ބޭފުޅުންނަށްވެސް އިތުރު ފަސޭހައެއް ވެގެންދާނެ. އެއީ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ." - ޝަރީފް ވިދާޅުވި އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑައަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އެ ފަރާތްތަކުން ޑޮލަރުން ލޯނު އަނބުރާ ދައްކާނަމަ ބީއެމްއެލްއިން އެ ފަރާތްތަކަށް ތަންކޮޅެއް ކުޑައަގުގައި ލޯން ނެގޭނެ ގޮތެއް ހަމަޖައްސާފައި ވަނީ. އެއީ ނޯމަލް އިންޓްރަސްޓް ރޭޓުން ބަލާއިރު 1.5 އިންސައްތަ ކުޑަކޮށް އަދި އިކުއެޓީ ވެސް އިންވެސްޓް ކުރަން ޖެހޭ ވަރު 5 އިންސައްތައަށް ކުޑަކޮށް. ބޯޑުން އިއްޔެ ވަނީ އެކަން ވެސް ނިންމާފައި." ޝަރީފް ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގަިއ 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ބީއެމްލއެ އިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ %50 އަށްވުރެ އިތުރު އަދަދެއްކަމަށްވެސް ބޭންކުން ބުންޏެވެ.
ގުޅުންހުރި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި

އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީ އެއް ނަގަމުންދާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގެއް - ބީއެމްއެލް

ބީއެމްއެލް އިން ލޯނު ނެގޭ އެންމެ މަތީ އުމުރު 75 އަހަރާ ހަމައަށް އިތުރުކޮށްފި




