
ރާއްޖޭގެ ވައިގެ ސަރަހައްދުން މިއަދު ފެނުނު ގޮތް ނޭނގޭ އެއްޗެއްސަކީ ޖައްވީ ކުނިތަކެއް ކަމަށް ބެލެވޭ!
# ވައިގެ ސަރަހައްދު-
ރާއްޖޭގެ ވައިގެ ސަރަހައްދުން މިއަދު ފެނުނު ގޮތް ނޭނގޭ އެއްޗެއްސަކީ ޖައްވީ ކުނިތަކެއް ކަމަށް ބެލެވޭކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ގާފު ނޫހަށް މައުލޫމާތު ދީފި އެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ އެއްޗެހި ތަކެއް ދަތުރުކުރި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެގޮތުން މި ތަކެތި ދަތުރުކޮށްފައިވާ މަންޒަރު ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ވަނީ ފެނިފައި އެވެ.
ޖައްވީ ކަންކަން ދިރާސާކުރާ ފަރާތަކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ ވައިގެ ސަރަހައްދުން މިއަދު ހެނދުނު ފެނުނު ތަކެއްޗަކީ ޖައްސީ ކުނިތަކަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މި ތަކެތި ދަތުރުކޮށްފައިވާ ގޮތުންނާއި އާންމުވެފައިވާ ބައެއް ވީޑިއޯތަކުންވެސް މިއީ ސެޓްލައިޓެއްގެ ކުނިތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައި އެވެ.
މިކަމާއި ގުޅޭގޮތުން ގައުމީ ދިފާއީ ބާރުންވެސް ރަސްމީކޮށް ބަހެއް ބުނެފައިނުވާއިރު މިއީ މިސައިލެއްގެ ބައިތަކެއް ކަމަށް ބުނެވެސް ބައެއް ފަރާތްތަކުން އަންނަނީ އަޑު ފަތުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ވައިގެ ސަރަހައްދަށް މިސައިލެއް ވަތް ކަމުގެ އެއްވެސް މައުލޫމާތެއް އަވަށްޓެރި ގައުމުތަކުންވެސް ހާމަކޮށްފައި ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ ..



