logoEN
WAMCO TOP 1
މަސްތުވާތަކެތި ގެންގުޅެ ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރަށް!

މަސްތުވާތަކެތި ގެންގުޅެ ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

4/17/2026, 5:29:09 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތި ގެންގުޅެ ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

THE TRAVELLER AD

ފުލުހުން މިރޭ ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ.

އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC