logoEN
WAMCO TOP 1
"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި!

"ސްކިލްއަޕް ޔޫތު" ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި!

# ސްކިލްއަޕް ޔޫތު

-

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން "ސްކިލްއަޕް ޔޫތު"(ކުރިން "ތައްޔާރުވަމާ" ގެ ނަމުގައި ހިންގުނު)ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕް ނިންމި 45 ޒުވާނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ވޯކްޝޮޕް ބާއްވާފައިވަނީ އިއްޔެ ހެނދުނު 08:30 އިން 17:30އަށެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރު ފުރާއަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް
ފަހުގެ
HDC