
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި
# ބީއެމްއެލް-
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 364 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާއަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 364 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ބީ.އެމް.އެލްއާއި އަމީން ކޮންސްޓްރަކްޝަންގެ އިސްވެރިންނެވެ.
ރައީސުލްޖުމްހުރިއްޔާ ޝަރަފުވެރިކޮށްދެއްވި މިރޭގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސް ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ
މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށްދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ. ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.
ގުޅުންހުރި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

މެދުއިރުމަތީގެ ހާލަތާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވާނަން - ބީއެމްއެލް

ބީއެމްއެލުން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި

.gif&w=3840&q=75)



