logoEN
PNC TOP 3
މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

3/29/2026, 1:39:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

PNC MID 2

އޭދަފުށީގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބ. އޭދަފުށި / ރާސްތާ، އިރުހާޞް އިބްރާހީމް (35އ) އެވެ.

އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވްވެފައެވެ. މި މާރިޗު މަހުގެ 27 ވަނަ ދުވަހު އޭދަފުށި މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން މަޑުނުކޮށް ދާން މަސައްކަތްކުރުމުން ފުލުހުން އޭނާ ފަހަތުން ގޮސް ހުއްޓުވާފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށް، ކުރިން އޭނާ ހުރި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިރުހާޞް އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC