logoEN
PNC TOP 3
މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އަކްރަމް ކަމާލުއްދީނުގެ ތާއީދު!

މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް އަކްރަމް ކަމާލުއްދީނުގެ ތާއީދު!

އަހުމަދު ޝުރާއު

logo

3/26/2026, 3:09:46 PM

# މައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު

-

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާކަން އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހާމަކުރައްވައިފި އެވެ.

PNC MID 2

މައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވާކަން އަކްރަމް ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ތާއީދުކުރައްވައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ލިސްޓެއް އަކްރަމް މިއަދު ވަނީ އެކްސްގައި ހިއްސާކުރައްވާފައި އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމެއްގައި ގޮތުގައި އަކްރަމް ފާހަގަކުރެއްވީ ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވެގެން ދިޔުމެއެވެ. އަދި މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުމާއިއެކު މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ލިބޭނެ ފައިދާތަކުގެ ގޮތުގައި އަކްރަމް ހިއްސާކުރެއްވި އިތުރު ކަންކަންކަމަކީ:

  1. އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައުން، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ.
  2. އިންތިހާބު ތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދިއުން.
  3. ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް 2 ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫންކަން، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވުން.
  4. އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވުން.

މިކަންކަމާއިއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވާކަން ރަސްމީކޮށް އަކްރަމް ހާމަކުރެއްވި އެވެ.

އަކްރަމްއަކީ އެމްޑީޕީގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ރެފަރެންޑަމްއަށް އެންމެ ފާޅުކަން ބޮޑުކޮށް ތާއީދުކުރެއްވި ބޭފުޅާއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC