logoEN
PNC TOP 3
ގއ މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގއ މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

3/25/2026, 5:45:06 PM

# ގއ މާމެންދޫ

-

ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

PNC MID 2

އިއްޔެ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް،ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

އަދި އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ މުހުތާޒު މުހުސިން، ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، އެޗްޑީސީގެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް ވެސް ބައިވެރިވެވަޑައިގަތެވެ.

މާމެންދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ 5.47 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގު ބައްތިޖެހުންވެސް ހިމެނެއެވެ.

އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 138.6 މިލިއަން ރުފިޔާއަށް 730 ދުވަހުން ނިންމުމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC