
ވައިގެ މަގުން އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި: ފޮރުވާފައިހުރީ މޭވާ ހުރި ކާގޯ ޝިޕްމެންޓެއްގައި!
# ކަސްޓަމްސް ސާވިސަސް-
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރާއްޖެ އެތެރެކުރި މޭވާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ. އެގޮތުން މިތަކެތިި ފޮރުވާފައި ހުރީ އަނބު ކްރޭޓްތަކެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސްއިން ބުނީ މިމަހުގެ 20ވަނަ ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާކަމަށެވެ. އެގޮތުން އަތުލައިގަނެފައިވަނީ 5370 ގްރާމްގެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތާއި 6590 ގްރާމްގެ ހަޝިޝް އޮއިލްއެވެ.
މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައި އެވެ.
މި ކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން ރަސްމީކޮށް ބަހެއް ބުނެފައިނުވާއިރު މި ތަކެއްޗާއި ގުޅިގެން ބަޔަކު ހައްޔަރުކުރިކަންވެސް އަދި ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ފުލުހުންނާއި ކަސްޓަމްސްއާއި ދެމެދު ގުޅުން ބަދަހިކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރި 2 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި




